މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ/މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ހުޅުވާލައިފިއެވެ.

Ads by Asuru

ޕީސީބީން ކުރި އިއުލާނުގައި ބުނެފައިވަނީ މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ، އަދި ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ކުރިމަތިލެވޭ ގޮތަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ސީއީއޯ/އެމްޑީއަކުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިމަގާމަށް ތަޖުރިބާ ހުރި ބޭރުގެ ފަރާތްތަކަށް ވެސް ކުރިމަތިލެވޭނެ ކަމަށް ވެސް އިއުލާނުގައިވެއެވެ.

އެހެންކަމުން މި ކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ސީވީ، ކަވާ ލެޓަރ، ތައުލީމީ ސެޓްފިކޭޓްގެ އިތުރުން އެ ދާއިރާގައި މަސައްކަތް ކޮށްފައިވާ ކަމުގެ ލިޔުން މެއިލް ކުރެއްވުމަށް ޕީސީބީން ވަނީ އެދިފައެވެ.