އުރީދޫ މޯލްޑިވްސް އިން އައްޑޫ ސިޓީ ހިތަދޫގައި ގާއިމް ކުރެވިފައިވާ އެކްސްޕީރިއަންސް ސެންޓަރ އަދި ކްލަބް ޕްރީމިއަރ ލައުންޖް އަލުން އަޕްގްރޭޑްކޮށް ކަސްޓަމަރުންނަށް މިއަދު ހުޅުވައިލައިފިއެވެ.

Ads by Asuru

އުރީދޫގެ އައު ޓެގްލައިން ”އަޕްގްރޭޑް ޔޯ ވޯލްޑް“ ގެ ދަށުން އުރީދޫ އެކްސްޕީރިއަންސް ސެންޓަރަށް މި ބަދަލު ގެނެވިފައިވަނީ އައްޑޫ އަތޮޅުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އުރީދޫ ކަސްޓަމަރ ބޭސްއަށް ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއް ކަށަވަރުކޮށްދިނުމުގެ ގޮތުން ކަމަށް އެ ކުންފުނިން ބުނެއެވެ.

ހިތަދޫ ލިންކް ރޯޑްގައި ގާއިމްކުރެވިފައިވާ އުރީދޫ އެކްސްޕީރިއަންސް ސެންޓަރ (އޯއީސީ) ފަރުމާކުރެވިފައިވަނީ، އުރީދޫއިން ފޯރުކޮށްދޭ ތަފާތު ހިދުމަތްތައް، ހިތަދޫގައި އިތުރުވަމުންދާ އެކުންފުނީގެ ކަސްޓަމަރުންނަށް އެންމެ ހިތްހަމަޖެހޭ ފެންވަރުގައި ފޯރުކޮށްދެވޭނެ މާހައުލެއް ފަހިވާނެ ގޮތަށެވެ. މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހިތަދޫ އޯއީސީ އާއި ކްލަބް ޕްރިމިއާ ލައުންޖް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ގެ އިތުރުން ޗީފް ކޮމާރޝަލް އޮފިސަރ، ޙުސައިން ނިޔާޒް އަދި ހެޑް އޮފް ކަސްޓަމަރ ކެއަރގެ ދިޔާނާ އަފީފްއެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ، ޙާލިދް އަލް-ހަމާދީ ވިދާޅުވީ ކަސްޓަމަރުންގެ އިތުރުވަމުން އަންނަ ބޭނުންތަކާއި އެއްގޮތަށް ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ހިތަދޫ އެކްސްޕީރިއަންސް ސެންޓަރ އަދި ކްލަބް ޕްރިމިއަރ މެމްބަރުންނަށް ޚާއްޞަ ލައުންޖަކާއެކު، އަޕްގްރޭޑް ކޮށް އަލުން ހުޅުވާލުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

 ”ޑިޖިޓަލް ސެލްފް ސަރވިސް ޕޯޓަލްތަކުގެ އިތުރުން، އަޅުގަނޑުމެންގެ ހުރިހާ ޓަޗްޕޮއިންޓްތަކެއްގައި ވެސް ކަސްޓަމަރުންގެ ތަޖުރިބާ އިތުރު ހަރުފަތަކަށް ގެންދިޔުމަށް އަޅުގަނޑުމެން އަބަދުވެސް ޙާއްސަ އަހައްމިޔަތުކަމެއްދެން. އެގޮތުން މި ގެނެވުނު ބަދަލާއެކު އަޅުގަނޑުމެންގެ އުއްމީދަކީ އުރީދޫ ޙިދުމަތްތައް ލިބިގަތުމުގައި އައްޑޫ ސިޓީގެ ކަސްޓަމަރުން އިތުރު ފަސޭހައެއް ލިބިގެންދިއުން. އަޅުގަނޑުމެންގެ ބްރޭންޑް ޓެގްލައިން ”އަޕްގްރޭޑް ޔޯ ވޯލްޑް“ އާއި އެއްގޮތައް ކަސްޓަމަރުން އަޅުގަނޑުމެންނާ އެކު ކުރެވޭ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން.“

މީގެއިތުރުން، ހިތަދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ޚާއްޞަ ޕްރީމިއަމް ލައުންޖެއްވެސް ވަނީ ގާއިމްކުރެވިފައެވެ.

އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން ލިބޭ ހުރިހާ ޚިދުމަތްތަކުގެ އިތުރުން، ކްލަބް ޕްރިމިއަރ ލައުންޖަށް ވެންނެވުމާއިއެކު، ހިތްގައިމު މާހައުލެއްގައި އުރީދޫގެ ޕްރީމިއަމް ކަސްޓަމަރުންނަށް ބޭނުންވާ ޚިދުމަތް ފަސޭހަކަމާއި އެކު ފޯރުކޮށްދެވޭނެ ކަަމަށް އެކުންފުނިން ބުނެއެވެ.

އެހެނިހެން އޯއީސީތަކާއި އެއްފަދައިން، ހޮނިހިރު ދުވަހާއި ބުރާސްފަތި ދުވަހާއި ދެމެދު، ހެނދުނު ނުވަގަޑި ސުންމިނިޓުން ފެށިގެން، ހަވީރު ހަތަރެއްގެ ނިޔަލަށް ޚިދުމަތްލިބޭނެއެވެ. އުރީދޫ އެކްސްޕީރިއަސް ސެންޓަރ ތަކުގެ އިތުރުން، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވާ އުރީދޫގެ ބިޒްނަސް ޕަރޓްނަރ ފިހާރަތަކުންނާއި، ސޭލްސް ޕަރޓްނަރ ފިހާރަތަކުން، އުރީދޫގެ ކަސްޓަމަރުންނަށް ޚިދުމަތް ލިބޭނެއެވެ.