ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގެ މަސައްކަތް ކުރިއަށް ގެންދާއިރު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލުކުރުމަށް އެ ކޯޕަރޭޝަނުން އިލްތިމާސް ކޮށްފިއެވެ.

Ads by Asuru

އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ގޯތިތަކުގައި މަސައްކަތް ކުރަމުން ދާއިރު އެ ކޯޕަރޭޝަނުން ހަދާފައިވާ އުސޫލުތަކަށް އަމަލު ނުކުރާކަން  ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި އިމާރާތް ކުރުމާއި ގުޅޭ ހުއްދަތައް ނުނަގާ މަސައްކަތް ކުރާކަން ފާހަގަވެފައިވާ ކަމަށް ވެސް އެ ކޯޕަރޭޝަންގެ ބަޔާނުގައި ވެއެވެ.

އިއުލާނުގައި ވަނީ، ގޯއްޗެއްގައި އިމާރާތެއް ހަދަން ފެށުމުގެ ކުރިން އިމާރާތް ކުރާނެ ގޮތުގެ ކުރެހުމެއް އެޗްޑީސީއަށް ހުށަހަޅާ ފާސްކުރަން ޖެހޭ ކަމަށް ބަޔާންކޮށްފައެވެ.

އޭގެ އިތުރުން އިމާރާތްކުރުމާއި ގުޅޭ އެހެނިހެން ހުއްދަތައްވެސް އެޗްޑީސީން ނަގަންވާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތް ކުރުމުގެ އުސޫލުތައް އެ ކޯޕަރޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި ހޮޓްލައިން ނަންބަރު 1516 އަށް ގުޅުމުން މައުލޫމާތު ސާފުކުރެވޭނެ ކަމަށްވެސް އިއުލާނުގައި ވެއެވެ.

 

އުސޫލުތަކާއި ހިލާފަށް ގޯތިތެރޭގައި މަސައްކަތް ކުރަމުން ދާނަމަ އެ ގޯތީގެ ވެރިފަރާތާއި މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.