ފުވައްމުލައް ސިޓީގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގަމުން އަންނަ އޮޕަރޭޝަންގައި 14 މީހަކު ހައްޔަރުކޮށްފިއެވެ.

Ads by Asuru

ފުވައްމުލަކަކީ މަސްތުވާތަކެތިން ރައްކާތެރިވެފައިވާ ތަނަކަށް ހެދުމަށް ”ވެށި ރައްކަލް“ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ފުލުހުން ފެށީ، މެއި މަހުގެ ފުރަތަމަ ދުވަހުއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނުގެ ދަށުން މިހާތަނަށް 14 މީހަކު ހައްޔަރު ކުރެވިފައިވާ ކަމަށެވެ.

އެހެންނަމަވެސް، މިވަގުތު ބަންދުގައި ތިބީ ފަސް މީހުން ކަމަށް ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަނުގައި 760.45 ގްރާމުގެ މަސްތުވާތަކެތި ވެސް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން އޮޕަރޭޝަނެއް ފަށައި ބަޔަކު ހައްޔަރު ކުރަން ފެށުމުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޮޑު ހަމަނުޖެހުމެއް ވެސް ހިނގިއެވެ.