ދައުލަތުގެ ހަރަދު ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމަކީ މި ވަގުތަށް ގައުމަށް އެންމެ މަންފާ ކުރާނެ ނިންމުންކަމަށާއި، އެކަމަށް މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަނުގެ ފުރިހަމަ އެއްބާރުލުން ދޭނެ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވެއްޖެއެވެ.

Ads by Asuru

މީސް މީޑިއާގައި ޝިއުރީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމުގެ އިގްތިސާދު ހަމަމަގަށް އަޅުވައި މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ރައީސް މުއިއްޒު ނިންމަވާފައިވާ ނިންމެވުމަށް ތާއީދު ކުރާމައްވާ ކަމަށެވެ.

އަދި މި ނިންމެވުން ތަންފީޒު ކުރުމުގައި އެމްއެމްޕީއާރްސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށްވެސް ޝިއުރީ ވިދާޅުވިއެވެ.

ޝިއުރީ އިތުރަށް ވިދާޅުވީ ދިވެހިރާއްޖެ އިޝްތިހާރު ކުރުމުގެ މަސްއޫލިއްޔަތު ހަވާލު ކޮށްފައިވާ ކުންފުނީގެ ހައިސިއްޔަތުން ފަތުރުވެރިކަމުން ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ރައީސް އަށް އަރުވާ ކަމަށެވެ.