ގއ.ވިލިނގިލީގައި، އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހައި މާރާމާރީ ހިންގި މައްސަލައެއް ފެންމަތިވެއްޖެއެވެ.

Ads by Asuru

ފުލުހުން މިއަދު ބުނީ، މިކަން ހިނގާފައިވާކަން ފުލުހުންނަށް ރިޕޯޓު ކުރީ ރޭ ދަންވަރު ކަމަށެވެ. މާރާމާރީގައި އަނިޔާ ލިބުނީ އުމުރުން 46 އަހަރުގެ އަންހެނަކަށެވެ. އެ މީހާއަށް ގއ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

ފުލުހުން ބުނީ، މި މައްސަލައިގައި ހައްޔަރު ކުރީ، އުމުރުން 32 އަހަރުގެ މީހެއް ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް މައުލޫމާތު ދިނެވެ.

ގއ.ވިލިނގިލީގައި އުމުރުން 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކަށް ގަނާ ކުރި މައްސަލައެއް ވެސް ފުލުހުން ދަނީ ބަލަމުންނެވެ.