ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ކޮންގްރެސް ޕާޓީ)ގެ މެމްބަރުންނަށް މުލިއާގެއިން ފައިސާ ދޭ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ދެއްކެވި ވާހަކަ، ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ދޮގު ކުރައްވައިފިއެވެ.

Ads by Asuru

ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން، ފައްޔާޒު ވިދާޅުވީ، ޕީއެންސީގެ ކޮންމެ މަޖިލިސް މެމްބަރަކަށް، މުލިއާގެއިން މަހަކު 50،000 ރުފިޔާ ދޭ ކަމަށެވެ. ހީނާ މި ތުހުމަތު ދޮގު ކުރައްވައި، އެއީ ބުހުތާނު ދޮގެއް ކަމަށް ވިދާޅުވިއެވެ.

ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް މުލިއާގެއިން މަހަކު 50،000ރ. ދޭކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ދެއްކެވި ވާހަކައަކީ ކަނޑައެޅިގެން ބުހުތާނު ދޮގެއް. ހީނާ ވިދާޅުވިއެވެ.

ފައްޔާޒު ވަނީ ޕީއެންސީގެ މަޖިލިސް މެންބަރުން ވަކި ގޮތަކަށް ބޭ ތިއްބުމަށް ރައީސް މުއިއްޒުގެ ފަރާތުން މެންބަރުންނަށް ކޮންމެ މަހަކު ވެސް ގެންދަނީ ފައިސާ ދެމުން ކަމަށް ތުހުމަތު ކުރައްވާފައެވެ.

ސަރުކާރުން މިކަން ދޮގު ކުރިއިރު، އިދިކޮޅު ފަރާތްތަކުން، ސަރުކާރު ބަދުނާމު ކުރުމަށް މިފަދަ ވާހަކަތައް ފަތުރައެވެ.

މަޖިލީހުގައި ޕީއެންސީގެ 75 މެންބަރުން ތިއްބަވައެވެ.