ސަތޭކަ ފަންސާސް ބަނގުރާ ފުޅިއާއިއެކު، ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

Ads by Asuru

ފުލުހުންގެތަރުޖަމާނު އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް، އަހުމަދު ޝިފާން ވިދާޅުވީ ބަނގުރާ ކަމަށް ޝައްކުކުރެވޭ 150 ފުޅިއާއި ގިނަ އަދަދެއްގެ ފައިސާއާއެކު ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި ޝިފާންގެ ޕޯސްޓްގައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބަނގުރާ ކަމަށް ޝައްކު ކުރެވޭ ފުޅިތަކުގެ ފޮޓޯވެސް ހިއްސާކުރައްވާފައެވެ.

އެހެން ނަމަވެސް ހައްޔަރުކުރި މީހުންގެ ވަނަވަރެއް ހާމަކޮށްފައެއް ނުވެއެވެ.