ހައުސިން ޑީވެލޮޕްމަންޓު ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ)ގެ ނަމުގައި ފޭކު މެސެޖުތަކެއް ދައުރު ކުރާކަން ފާހަގަކޮށް، އެކަމަށް ސަމާލުވުމަށް އެ ކުންފުނިން އަންގައިފިއެވެ.

Ads by Asuru
އެޗްޑީސީން ނެރުނު ބަޔާނެއްގައި ވަނީ އެ ކޯޕަރޭޝަންގެ ނަމުގައި ސްޕޭމް މެސެޖުތަކެއް ދައުރުވަމުން އަންނަކަން ރޭގެ ވަގުތެއްގައި  ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެއީ ސައްޚަ މެސެޖުތަކެއް ނޫން ކަމަށާއި، ކަސްޓަމަރުން އެފަދަ މެސެޖުތަކަށް ސަމާލުވާން އެދޭ ކަމަށް ވެސް ބަޔާނުގައިވެއެވެ.

ޕޭމަންޓު ރިސީޕްޓްތަކަށް ރޭ ދިމާވި މި މައްސަލަ މިހާރު ހައްލުކުރެވިފައިވާކަން ފާހަގަކޮށް، އެޗްޑީސީގެ ބަޔާނުގައި ބުނެފައި ވަނީ، އެ ކުންފުނިން ކަސްޓަމަރުންނާއި ގުޅޭ ގޮތުން މީސްމީޑިއާގައި ދައުރުވަމުންދާ ޑޭޓާގެ މައްސަލަ ފުލުހުންނާއި ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެޗްޑީސީން ބުނީ ކަސްޓަމަރުންގެ މައުލޫމާތާއި ސެކިއުރިޓީއަކީ އެ ކޯޕަރޭޝަނުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށާއި، އެ ކޯޕަރޭޝަނުގެ ނަމުގައި ލިބޭ ފޭކު މެސެޖުތަކަށް ކަސްޓަމަރުން ކުރިޔަށް އޮތް ތަނުގައިވެސް ސަމާލުވުމަށް އެދޭ ކަމަށެވެ.

އަދި އޯޓީޕީ ފަދަ ސެކިއުރިޓީ ކޯޑުތައް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ވެސް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.