ދައުލަތުގެ ޚާއްސަ ސަމާލުކަމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން، ފަހި ދިރިއުޅުން ކޯޕަރޭޝަނާއި މަޝްވަރާކޮށްފިއެވެ.

Ads by Asuru

ސޯޝަލް މިނިސްޓްރީން ބުނީ، އެ މިނިސްޓްރީން ވާނީ މިކަމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ހައުސިންގް އެންޑް އާބަން ޑިވެލޮޕްމަންޓާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއިއެކު ވެސް މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައި ކަމުގައެވެ.

ސޯޝަލް މިނިސްޓްރީން ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ބައްދަލު ކުރުން

މިނިސްޓްރީން ބުނި ގޮތުގައި، މި ބައްދަލުވުންތަކުގެ އެންމެ ބޮޑު ބޭނުމަކީ އެއްވެސް ފަރުދަކު ބާކީ ނުވާނެހެން ބޯހިޔާވަހިކަމުގެ އަސާސީ ޙައްޤު ފޯރުކޮށްދެވިގެންދާނެކަން ކަށަވަރުކުރުމަށް ދުރާލާ މަސައްކަތް ކުރުމެވެ.

އަދި މި ސިޔާސަތު ތަންފީޒުކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކުން އެއް އަމާޒަކަށް މަސައްކަތް ކުރަމުން ގެންދާކަން އެ މިވުޒާރާއިން އުފަލާއިއެކު ފާހަގަކުރާ ކަމަށް ވެސް ބުންޏެވެ.

ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި، ރާއްޖޭގެ ހުރިހާ ރައްޔިތުން ގެދޮރުވެރި ކުރުވުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ އެންމެ މުހިންމު ވައުދުފުޅެވެ.