ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް ސަރުކާރުން ޚަރަދު ނުކުރާ ކަަމަށާއި،  ޓެކްސް ފައިސާ ދައްކާ މީހުންގެ ފައިސާ ޒިންމާދާރުކަން ކުޑަ ގޮތެއްގައި ޚަރަދު ނުކުރާ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

Ads by Asuru
މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޗައިނާއަށް ކުރެއްވި ދަތުރުފުޅަކީ ގްލޯބަލް ސިސްޓަމް ފޯ މޯބައިލް ކޮމިއުނިކޭޝަން (ޖީއެސްއެމްއޭ) ގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެއް ކަމަށެވެ.

ދަތުރުގެ ހުރުމާއި ކެއުމާއި ދަތުރުފަތުރުގެ އިތުރުން ޓިކެޓަށް ދައުލަތުން ޚަރަދު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

”ޓެކްސް ފައިސާ ދައްކާ މީހުންގެ ފައިސާ ޒިންމާދާރުކަން ކުޑަގޮތަކަށް ޚަރަދެއް ނުކުރަން،“ ޕޯސްޓުގައި މިނިސްޓަރު ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، އެ ދަތުރުފުޅުގައި ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން އާއި ލާމަރުކަޒީ ނިޒާމް އިތުރަށް ތަަރައްޤީކުރުމާއި އެކަމުގައި އެހީތެރިވެވިދާނެ ގޮތްތަކާއި ބެހޭގޮތުން ޖީއެސްއެމްއޭ އާއި ޗައިނާގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުނި ކަމަށްވާ ހުވާވޭއާއެކު މަޝްވަރާ ކުރެއްވި ކަަމަށެވެ.