...
Advertisement
ބިލެތްފަހި ބަނދަރު މަޝްރޫއު: 86 އިންސައްތަ މަސައްކަތް ނިންމައިފި
ށ. ބިލެތްފަހި ބަނދަރުގެ %86 މަސައްކަތް އެމްޓީސީސީން ނިންމާލައިފިއެވެ.
މި މަސައްކަތް ކުރާ އެމްޓީސީސީން ވިދާޅުވީ ބިލެތްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރުގެ ރިވެޓްމެންޓް ޖެހުމާއި ހާބާ ބޭސިން ފުން ކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ނިންމާފައިވާ ކަމަށެވެ.
އަދި ބަނދަރު ތަރައްގީގެ މަޝްރޫއަށް ބޭނުންވާ ބޮޑުހިލައިގެ ހަތަރުވަނަ ޝިޕްމަންޓް މަސައްކަތު ސައިޓަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެ މަޝްރޫއުގެ ދަށުން، 181 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 170 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނޭކަމަށް އެމްޓީސީސީން ބުނެއެވެ.

Ads by Asuru

އަދި 10,500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި 3825 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މިހާރު ހުރި ހާބަރު ބޭސިން ފުންކުރުމާއި 9,800 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުން ހިމެނެއެވެ.

ހަމައެއާއެކު 3500 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަހައްދު ފުންކުރުމާއި 22 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 181 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 376 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 170 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށްވެސް ހަމަޖެހިފައިވަ ކަމަށް އެމްޓީސީން ބުނެއެވެ.

އަދި 434 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 1549 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުމާއި، ރޭމްޕު ހެދުމުގެ އިތުރުން މަގުބައްތިއާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށް ވެސް އެމްޓީސީސީން މައުލޫމާތުދެއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ އެ މަޝްރޫއަކީ ސަރުކާރުން 40.73 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

Ads by ooredoo maldives