ނޮވެމްބަރު މަހު ގަތަރުގައި ބާއްވާ ”ފީފާ ވާލްޑް ކަޕް 2022“ ގެ ފޯރި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ގަދަކުރުމުގެ ގޮތުން ”އުރީދޫން ވޯލްޑް ކަޕް ފޯރި ކެމްޕޭން“ ފަށައިފިއެވެ.

Ads by Asuru

އުރީދޫ ވޮލްޑް ކަޕް ފޯރި ކެމްޕޭން ލޯންޗުކުރުމަށް ކްރޮސްރޯޑުގައި ބޭއްވި ހަފުލާ އިފްތިތާހުކޮށްދެއްވީ ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފެވެ.

އުރީދޫ ވޯލްޑް ކަޕް ފޯރި ކެމްޕޭން ލޯންޗު ކުރުމުގެ ގޮތުން ޓީމް އުރީދޫ އާއި ޓީމް ހާޑް ރޮކް ހޮޓެލްއިން ވަނީ މެޗެއް ވެސް ކުޅެފައެވެ. އެ މެޗް ކާމިޔާބު ކުރީ ހާޑް ރޮކް ހޮޓެލްއިންނެވެ.

އެ ހަފުލާގައި އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ، ފުޓްބޯޅަ ސީޒަނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ފަރާތްތަކަށް ކުލަގަދަ އަދި ފޯރިގަދަ ވަގުތުތަކަކަށް ހެދުމަށް އުރީދޫން ގިނަ މަސައްކަތެއް ކުރާނެ ކަމަށެވެ.

އެ ހަފުލާގައި ހަބޭސް ބޮޑުބެރު އަދި ރާއްޖޭގެ ރެޑްބުލް ފްރީ ސްޓައިލް ޗެމްޕިއަން މުހައްމަދު ސައިފު ވަނީ ހާއްސަ ހަރަކާތްތަކެއް ހުށަހަޅައިދީފައެވެ.