މިއަދު ކުރިއަށްދާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓުލުމުގައި މިހާތަނަށް އެއް ލައްކައަށްވުރެ ގިނަ މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ބުނެފިއެވެ.

އީސީން ބުނީ މިއަދު 1 ޖެހުމާ ހަމައަށް 113,627 މީހުން ވޯޓުލާފައިވާކަމަށެވެ. އެއީ 51,976 އަންހެނުންނާއި 61,651 ފިރިހެނުންނެވެ.

އީސީން ބުނީ 60.08 އިންސައްތަ މީހުން އަދި ވޯޓުލުމުގެ ހައްގު އަދާނުކުރާ ކަމަށެވެ.

މިފަހަރުގެ މަޖިލިސް އިންތިހާބުގައި 284,663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 139,361 އަންހެނުންނާއި 145,302 ފިރިހެނުންނެވެ.

މި އިންތިހާބުގައި 603 އަށް ވުރެ ގިނަ ވޯޓްފޮށި ބަހައްޓާފައިވާއިރު ރާއްޖެއިން ބޭރުގެ ތިން ގައުމެއްގައިވެސް ވަނީ ވޯޓު ފޮށި ބަހައްޓާފައެވެ. އެއީ އިންޑިއާ، ސްރީ ލަންކާ އަދި މެލޭޝިއާގަ އެވެ. އެ ގައުމުތަކުގައި ވެސް ވޯޓްލުން ކުރިއަށް ގެންދަނީ ރާއްޖޭގައި ވެސް ވޯޓްލާން ކަނޑައަޅާފައިވާ ގަޑިތަކާ ދިމާވާ ގޮތަށެވެ.