ހުޅުމާލެ ސެންޓްރަލް ޕާކުގެ ތެރޭގައި މިރޭ ދިވެހި ކުދިންތަކަކާއި އިންޑިއާ ބަޔަކާއި ދެމެދު މާރާމާރީއެއް ހިނގައި އެކަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިރޭ 9:00 ހާއިރު ހިނގި މިމާރާމާރީ އާއި ގުޅިގެން އަނިޔާވި ދެމީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.

އެހެން ނަމަވެސް ހައްޔަރު ކުރި މީހާ އާއި ޒަހަމްވި މީހުންގެ މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

ބައެއް ފަރާތްތަކުން މައުލޫމާތު ދީފައިވާ ގޮތުގައި ހަމަނުޖެހުން ހިންގި އިންޑިއާ މީހުން ތިބީ މަސްތުގެ ހާލަތުގައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ބަލަމުންނެވެ.