ފުލުހުންގެ ނަމުގައި އޮޅުވާލައިގެން ”ސްކޭމް“ ކޯލްތަކެއް ކުރަމުންދާ މައްސަލަ ފެންމަތިވެ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތުގެ ލޯގޯ ބޭނުންކޮށްގެން ރާއްޖޭން ބޭރުގެ އެކި ނަންބަރުތަކުން ވަޓްސްއެޕް މެދުވެރިކޮށް އެކި މީހުންނަށް ގުޅަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި ރާއްޖެއިން ބޭރުގެ އެއްވެސް ނަންބަރަކުން އެއްވެސް މީހަކަށް ފުލުހުން ނުގުޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝިފާން ވިދާޅުވީވމިގޮތަށް އަންނަ ފޯނު ކޯލުތަކަށް ސަމާލުވާން ޖެހޭ ކަމަށެވެ.
ފުލުހުންގެ ނަމުގައި ހިންގި ސްކޭމް ކޯލުތަކެއްގެ މައްސަލަ 2015 ވަނަ އަހަރުވެސް ވަނީ ފެންމަތިވެފައެވެ.
