ތ.ކަނޑޫދޫގައި ގައިމައްޗަށް ފާރެއް ވެއްޓި، އަނިޔާ ލިބުނު ކުޑަ ކުއްޖާގެ ހާލު ރަނގަޅު ކަމަށް އައިޖީއެމްއެޗްއިން ބުނެފިއެވެ.
އުމުރުން 10 އަހަރުގެ އެ ކުއްޖާއަށް އިތުރު ފަރުވާ ދިނުމަށް އެއާ އެމްބިއުލާންސްގެ ސީޕްލޭންގައި އިއްޔެ ވަނީ މާލެ ގެނެސްފައެވެ. އެ ކުއްޖާއަށް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގައެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި މިހާރު އެ ކުއްޖާ އޮތީ އީއެންޓީ ވޯޑްގައި އޮބްޒަވޭޝަންގައި ކަމަށެވެ.
މި ހާދިސާ ހިނގާފައި ވަނީ މިދިޔަ ހުކުރު ދުވަހު ހަވީރުއެވެ. ކުއްޖާގެ ބޯ ފިޔަވައި، މުޅި ހަށިގަނޑު ފާރުގެ ދަށުވި ކަމަށް މައުލޫމާތު ލިބެއެވެ. އެ ކުއްޖާގެ ހާލު ރަނގަޅު ކަމުގައި ވިޔަސް، ދެ ތަނެއްގައި ވަނީ ރެނދު ލާފައި ކަމަށް އެނގިފައިވެއެވެ.
