ހުޅުމާލެ ފޭސް އެކެއްގައި، ބިދޭސީއަކު ދިވެއްސަކަށް ތޫނު އެއްޗަކުން ހަމަލާ ދީފިއެވެ.

ފުލުހުން ބުނީ، މިކަން ހިނގި ކަމުގެ ރިޕޯޓް ލިބުނީ، މިއަދު ހަވީރު ކަމަށާއި، ބިދޭސީއަކު ދިވެއްސަކަށް ހަމަލާ ދިނީ ހުޅުމާލެ، ލަންސިމޫ މަގުގައި ކަމަށެވެ.

”އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން.“ ފުލުހުން ބުންޏެވެ.

އެމީހާގެ އަތަށް އަނިޔާ ލިބިފައިވާކަން ފާހަގަކޮށް، ފުލުހުން ބުނީ ސީރިއަސް އަނިޔާއެއް ނުވާ ކަމުގައެވެ.

 

(ތަފްސީލު އަންނަނީ…..)