ސްޓެލްކޯއިން ދެމުން އަންނަ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންދާތީ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެކްސްގައި މިކަން ހާމަކޮށް ސްޓެލްކޯއިން ބުނީ އެމަސައްކަތް ކުރިއަށްދާ ވަގުތު ބުރުޒުމަގު އަދި ރަށްދެބައި ހިނގުން ހިމެނޭ ސަރަހައްދުން މިއަދު މެންދުރު 14:00 އިން ހަވީރު 16:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އޭގެ އިތުރުން އަމީނީ މަގު، މިރިހި މަގު، ނިކަގަސް މަގު، އައިމިނާރަނި ހިނގުން އަދި ތަބްރޭޒީ ހިނގުން ހިމެނޭ ސަރަހައްދުން މިއަދު ހެނދުނު 10:00 އިން 12:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ސްޓެލްކޯގެ ބައެއް މަސައްކަތްތައް ކުރުމަށް އެކި ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލިޔަސް، ވަރަށް އަވަހަށް އަލުން ކަރަންޓު ދެއެވެ.