ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު ފުއްޕާމޭގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާތީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރަސްގެފާނަށް ހިތްވަރުގެ މެސެޖެއް ފޮނުވައިފިއެވެ.
ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުުވީ ސަލްމާން ރަސްގެފާނުގެ ސިއްހީ ހާލުކޮޅުގެ ވާހަކަ އަޑުއެެއްސެވުމުން ކަންބޮޑުވި ކަމަށެވެ. އަދި ރަސްގެފާނަށް ފުރިހަމަ ސިއްހަތެއް މިންވަރު ކުރެއްވުން އެދޭ ކަމަށް ވިދާޅުވިއެވެ.
އަދި އެމަނިކުފާނަށް ދިވެހި ރައްޔިތުންނާއި ސަރުކާރުގެ ފަރާތުން އަވަސް ޝިފާއެއް ލެއްވުން އެދި ރައީސް ވަނީ ދުއާ ދަންނަވާފައެވެ.
ސަލްމާން ރަސްގެފާނުގެ އުމުރުފުޅުން 88 އަހަރެވެ.
އެމަނިކުފާނަށް ފުއްޕާމޭގެ އާލާސްކަންފުޅު ޖެހިވަޑައިގެންނެވިކަން ހާމަކުރީ، ގަދަޔަށް ހުން އައިސް ހުޅުތަކުގައި ރިއްސާތީއެވެ.
