އިމިގްރޭޝަން ގާނޫނު އެއްވެސް މީހަކާއި މެދު ތަފާތު ކުރުމެއްނެތި ތަންފީޒު ކުރައްވާނެ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެއެވެ.

ތަފާތު ކުރުމެއްނެތި ޤާނޫނު ތަންފީޒު ކުރައްވާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވިދާޅުވީ އިމިގްރޭޝަންގެ ގާނޫނުގެ 08 ވަނަ މާއްދާގެ ދަށުން ރާއްޖެ އެތެރެވުމުގެ ހުއްދަނެތް މީހަކު ރާއްޖެ އެތެރެވުން ހުއްޓުވުމުން އޭނާގެ ގާނޫނީ ވަކީލުން ޝަކުވާ ކުރުމާ ގުޅިގެންނެވެ.

ޝައްމާން ވިދާޅުވީ ރާއްޖެ އިން ފުރައިގެން ދާން ބޭނުންވާ މީހުންނާއި، ރާއްޖެއަށް އެތެރެވާ މީހުންނާއި އަދި ރާއްޖެ އެތެރެވެ، ރާއްޖޭގައި ތިބި ބިދޭސީންގެ މައްޗަށް ވެސް އިމިގްރޭޝަން ގާނޫނު ހިންގުމުގައި އޭނާ ފަސް ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ.

އަދި ހުރިހާ އެންމެންގެ މައްޗަށް އެއްވެސް ތަފާތު ކުރުމެއްނެތި އިމިގްރޭޝަން ޤާނޫނު ތަންފީޒު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.