މާލެ ސަރަހައްދުން ގެއްލިގެން ހޯދަމުން ދިޔަ އަންހެން ކުއްޖާ ފެނިއްޖެއެވެ.
މާލެއިން ގެއްލިގެން ހޯދަމުން ގޮސްފައިވަނީ ތ. މަޑިފުށި / ނައިޓްރޯސް، އާއިޝަތު ޒޯޔާ ފިކުރީ (14އ)އެވެ.
ފުލުހުން ބުނީ އެކުއްޖާ ރޭގެ ވަގުތެއްގައި މާލޭން ފެނިފައިވާ ކަމަށާއި ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން އާންމު ކޮށްފައެއް ނުވެއެވެ.
ގެއްލުނު ކުއްޖާ ދިރިއުޅެމުން ގޮސްފައިވަނީ ވިލިމާލޭގައެވެ. އަދި އެންމެ ފަހުން ކުއްޖާ ފެނިފައިވަނީ އެކުއްޖާ ދިރިއުޅެމުން ދިޔަ ގެއިންނެވެ.
