މި ސަރުކާރުން މިހާތަނަށް މަސްވެރިންނަށް 881 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ފިޝަރީޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އެގޮތުން ޝިޔާމް ވިދާޅުވީ، އެންމެ ފަހުން ސަރުކާރުން މަސްވެރިންނަށް ފައިސާ ދީފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 22 ވަނަ ދުވަހު ކަމަށާއި 22 މިލިއަން ރުފިޔާ އެޕޭމެންޓަށް ދޫކޮށްފައިވާ ކަމަށެވެ.
ފައިސާ ނުދެވި ހުރީ 23 އޭޕްރިލްއިން ފަށައިގެން ކަމަށާއި އެއީ 62 މިލިއަން ރުފިޔާ ކަމަށް ވެސް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
އެފައިސާ ވީހާވެސް އަވަހަކަށް ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، މިސަރުކާރު އައިފަހުން މިހާތަނަށް މަސްވެރިންނަށް 881 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
