ވެރިރަށް މާލޭގެ ގެއެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ ހ. ހަމަރޯޅިގޭގައި ކަމަށެވެ. އެ ގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސާވިސްގެ މާލޭގެ ފަޔަ ސްޓޭޝަނުގެ ފަޔަފައިޓަރުން މިހާރު ވަނީ ނިއްވާލައިފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ހަމަރޯޅިގެއިން ދުން އަރާކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައި ވަނީ ހަވީރު 4:36 ހާއިރުއެވެ. ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސާވިސް އިން އެ ސަރަހައްދަށް ދިޔައިރު، އެ ގޭގެ ހަތަރު ވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގައި އަލިފާން ރޯވެފައި ހުރުމުން އަލިފާން ނިއްވުމުގެ މަސައްކަތް ވަގުތުން ކޮށްފައިވެއެވެ.

އެގޮތުން ރޯވި ފައިހުރި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ 5:14 ހާއިރުއެވެ.