ވިހި ވަނަ ރައްޔިތުންގެ މަޖިލިސް އެންމެ ޒިންމާދާރު މަޖިލީހަށް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ވިހިވަނަ މަޖިލީހުގެ 93 މެމްބަރުން މިއަދު ހުވާ ކުރެއްވުމާއި ގުޅިގެންނެވެ.
ރައީސް ވިދާޅުވީ އުއްމީދަކީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި މިހާތަނަށް ދެކޭ އެންމެ ޒިންމާދާރު، އެންމެ އިތުބާރު ހުރި، ގައުމާއި ރައްޔިތުންނަށް އެންމެ މަންފާހުރި ކަންކަން ނިންމާ މަޖިލީހަށް މިފަހަރުގެ މަޖިލިސް ވެގެންދިޔުން ކަމަށެވެ.
ވިހި ވަނަ މަޖިލީހުގައި ޕީއެންސީގެ މެންބަރުންގެ އަދަދަކީ 75އެވެ.
ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ، ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް ރަނުން ރަނަށް ފުއްދަވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
