ކަރަންޓު ބިލާ ގުޅޭގޮތުން ޝަކުވާއެއް އޮތްނަމަ ހުށަހަޅަން ސްޓެލްކޯއިކް އެދިއްޖެއެވެ.

މސްޓެލްކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކަރަންޓު ބިލުތަކާ ގުޅިގެން ކަސްޓަމަރުން ހުށަހަޅަން ބޭނުންވާ ޝަކުވާތައް އެ ކުންފުނީގެ ކަސްޓަމާރ ސާވިސް އަދި ބިލިންގެ ނަމްބަރު ކަމަށްވާ 7788438 އަށް ވަޓްސްއަޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް މިހާރު ހުށަހެޅޭނެ ކަމަށެވެ.

އަދި އީމެއިލް މެދުވެރިކޮށް ވެސް ޝަކުވާތައް ހުށަހެޅޭ ގޮތަށް ހަމަޖައްސައިފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ޝަކުވާތައް ހުށަހަޅަން ޖެހޭ އީމެއިލްއަކީ   billing@stelco.com.mv އެވެ.

 

ސްޓެލްކޯއިން ބުނެފައިވަނީ ކަސްޓަރުން ހުށަހަޅާ ޝަކުވާތަކަށް ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދާރީވުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންގެންދާނެކަމަށެވެ.

ކަރަންޓު ބިލާ ގުޅޭ ޝަކުވާއެއް ހުރިނަމަ، ހުށަހަޅަން ސްޓެލްކޯއިން ހުޅުވާލިއިރު، ކަރަންޓު ބިލު ބޮޑުވެފައިވާ ކަމަށް ބުނެ ބައެއް މީހުން ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.