ސުވެނިއަރ ޝޮޕްތަކަކީ ދުނިޔޭގެ ހުރިހާ ޤާނޫނު ހަދާ މަޖިލީސްތަކުގައި ހުންނަ, އަދި އެތަނަށް ޒިޔާރަތްކުރާ މެހުމާނުންނަށް ސުވެނިއާ ގަނެވޭ ގޮތަށް ހަދާފައި ހުންނަ ތަނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
21 ޖޫން 2021 ގައި ޑިޒައިން ކުރާނެ ބަޔަކު ހޯދަން އިއުލާނު ކުރި ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.
17 އޯގަސްޓް 2021 ގައި ޑިޒައިންކޮށް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކުރި ކަމަށާއި އަދި 16 އޭޕްރީލް 2024 ގައި ޑިޒައިނާ އެއްގޮތަށް ތައްޔާރު ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކުރި އިރު 02 ޖޫން 2024 ގައި 20 ވަނަ އިއުލާނަށް ހުށަހެޅި އަގުތައް ބޮޑުކަމަށް ފެންނާތީ އަލުން އިއުލާންކުރި ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.
ސުވެނިއާތަކުގެ ތެރޭގައި ދުނިޔޭގެ އެހެން ގާނޫނު ހަދާ މަޖިލީސްތަކުގެ ސުވެނިއާ ޝޮޕްތަކުގައި ހުންނަ ފަދަ ގަލަމާއި ފޮތާއި ތަށި އަދި ސަމުސަލާއި އޫ ސެޓް ފަދަ ތަކެތި ހިމެނެއެވެ. އަދި މި ތަކެއްޗަކީ މެންބަރުންނަށް ދޭން ނުވަތަ މެންބަރުންގެ ބޭނުމަށް ހަދާތަކެއްޗެއްވެސް ނޫން ކަމަށް މަޖިލިސް އިދާރާއިން ވަނީ ބުނެފައެވެ.
މަޖިލިސް އިދާރާއިން ބުނެފައިވަނީ މިއީ ސުވެނިއާ ޝޮޕަށް ޒިޔާރާތްކުރާ އާންމުންގެ ތެރެއިން އެތަކެތި ބައްލަވައިގަންނަވަން ބޭނުންފުޅުވާ މީހުންނަށް ގަތުމަށް ބަހައްޓާފައި ހުންނާނެ ތަކެތިކަމަށެވެ.
