ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވައްކަން ކުރި ކަމުގެ ދެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، ވައްކަމުގެ ދެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.
އަހްމަދު އަބްދުﷲ ފުލުހަށް ހާޒިރު ކުރަނީ ސުވާލު ކުރުމަށް ކަމަށް ވެސް ފުލުހުންގެ އިދާރާއިން ބުނެފައިވެއެވެ.
އަހްމަދު އަބްދުﷲ ހާޒިރުވާން ޖެހޭނީ ދެވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނަށް މި މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:00 އަކަށް ކަމަށް ފުލުހުން ބުނެއެވެ.
