މި އަހަރުގެ އަޟްހާ އީދު ދުވަހަކީ މި މަހުގެ 16 ވަނަ ދުވަސް ކަމުގައި ކަނޑައަޅައިފިއެވެ.
ހައްޖު މަހުގެ ހަނދު ސައުދީ އަރަބިއްޔާ އަށް ރޭ ފެނުމާއެކު ހައްޖު މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ކަނޑައަޅާފައި ވަނީ މިއަދެވެ.
މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ ސައޫދީ އަށް 1445 ވަނަ އަހަރުގެ ހައްޖުމަހުގެ ހަނދު ފެނިފައިވުމާ އެކު، ރާއްޖޭގައި ހަނދު ސާބިތު ކުރުމުގެ އުސޫލަށް ރިއާޔަތްކޮށް، މި އަހަރުގެ ހައްޖު މަހުގެ 1 ވަނަ ޖޫން 7 ވާ ހުކުރު ދުވަސްކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
މި އަހަރުގެ ޢަރަފާތު ދުވަހަކީ މި ހިނގާ މި މަހުގެ 15 ކަމަށާއި، އަދި އަޟްޙާ ޢީދު ދުވަހަކީ 16 ވަނަ ދުވަސް ކަމަށް ވަނީ ކަނޑައަޅައިފައެވެ.
