ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދުގެ ދޮންބައްޕަ، ދ. މީދޫ ގުލްޝަންކިނާރާ، އަލީ އިބްރާހިމް (ދޮން އަލިބެ) އަވަހާރަ ވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ދޮން އަލިބެ އަވަހާރަވީ، ރޭ ފަތިހުއެވެ. އަވަހާރަ ވީއިރު، އުމުރުފުޅުން 78 އަހަރެވެ.
ރައީސް މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވީހާވެސް ގިނަ ބޭފުޅުން ދޮން އަލިބެގެ ކަށުނަމާދުގައި ބައިވެރިވެދެއްވުމަށް އެދިވޑައިގެންފައެވެ.
ދޮން އަލިބެގެ ޖަނާޒާ ކުރިއަށް ދިޔައީ މިއަދު މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒު ގައެވެ.
