މީހަކު ކޮޓަރިއަކަށް ވެއްދުމަށް ފަހު އޭނާގެ އަތުން ފައިސާ ފޭރުނު މައްސަލައިގައި މިދިޔަ މަހު ހައްޔަރުކޮށް ބަންދު ކުރި ދެ މީހުންގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރު ކުރީ މާލެއަށް ނިސްބަތްވާ ދެމީހުންނެވެ. އެއީ 39 އަހަރުގެ ދިވެހި އަންހެނަކާއި، 43 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި ދެ މީހުންގެ މައްޗަށްވެސް ތުހުމަތު ކުރަނީ ރަހީނުކޮށް، ބިރުދައްކާ ތޫނު ހަތިޔާރު ބޭނުންކޮށްގެން ފައިސާ ފޭރުމުގެ ތުހުމަތެވެ.
އެ މީހުންގެ ބަންދަށް މީގެ ކުރިންވެސް 15 ދުވަސް ޖަހާފައިވެއެވެ.
ބަންދުގެ މުއްދަތު ޖަހަން މިއަދު ކޯޓަށް ގެންދިއުމުން، އިތުރު 15 ދުވަހަށް ބަންދު ކުރަން ވަނީ އަމުރުކޮށްފައެެވެ.
އެ މީހުންނާއި ގުޅޭ ބަންދު އުމުރުގައި ބުނެފައި ވަނީ ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ.
