ދ. ކުޑަހުވަދޫގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.
އެ ރަށު ކައުންސިލުން ބުނީ، މިއީ އަޟްހާ އީދު ފާހަގަ ކުރުމުގެ ތެރެއިން ވެސް، އެ ރަށުގެ ރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނާއިއެކުގައި ތިބިކަން ދައްކުވައިދިނުމުގެ ގޮތުން ބޭއްވި ހަރަކާތެއް ކަމަށެވެ.
މި ހިނގާލުން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4:30-5:30 އަށެވެ.
ކުޑަހުވަދޫ ކައުންސިލުން ވަނީ އެ ހަރަކާތުގެ ރަށުގެ ހުރިހާ ރައްޔިތުންނާއި އީދަށް އެ ރަށަށް ދިޔަ މީހުން ވެސް ހިނގާލުމުގައި ބައިވެރިވާން އެދިފައެވެ.
ފަލަސްތީނަށްޓަކައި އިއްޔެ އެ ރަށުގައި ފަންޑު އެއް ކުރުމުގެ އިވެންޓެއް ވެސް ބާއްވާފައިވެއެވެ.
ފަލަސްތީނަށްޓަކައި ރާއްޖޭގައި މިފަދަ ގިނަ ހަރަކާތްތަކެއް ބާއްވާއިރު، މިދިޔަ ހަފްތާގައި ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން ވަނީ، ޓެލެތޯންއެއް ވެސް ކުރިޔަށް ގެންގޮސްފައެވެ. ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ކުރިއަށް ގެންދިޔަ މި ޓެލެތޯންއަށް ބޮޑު ތަރުހީބެއް ލިބުނެވެ.
