ސިނަމާލެ ބްރިޖް ހައިވޭގައި އެކްސިޑެންޓްވުމުން ފިލި މީހަކު ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
އެ އެކްސިޑެންޓު ހިނގައިފައި ވަނީ ރޭ 8:45 ހާއިރެވެ.
އެކްސިޑެންޓްގައި މީހަކަށް އަނިޔާވެގެން ފަރުވާ ދިން ނަމަވެސް، ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
އެކްސިޑެންޓް ހިނގުމާ ގުޅިގެން ވެހިކަލް ދުއްވި މީހާ ފިލާފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އެ ހާދީސާ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މީގެ ކުރިން ވެސް އެކްސިޑެންޓްވުމުން ބައެއް މީހުން ފިލާފައިވެއެވެ.
