ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހުސައިން މުޙައްމަދު ލަޠީފް ”އަސޭރިއާ ހޯމްސް އެންޑް ޓައުންހައުސަސް“ މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވައިފިއެވެ.

މިރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހަވީރު ހުޅުމާލެ ފޭސް 2ގައެވެ.

ހުޅުމާލޭ ފޭސްދޭއްގައި ނަވާރަހާސް އަކަމީޓަރަށްވުރެ ބޮޑު ސަރަޙައްދެއްގައި ހިންގާ މި މަޝްރޫޢުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަވާލުކޮށްފައި ވަނީ ބެޗް ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑާއެވެ.

މި މިމަޝްރޫއުގެ ދަށުން ހުޅުމާލޭ ފޭސް 2ގެ އިރުއުތުރު ކަންމަތީގައި ތަރައްޤީކުރާ މި ސަރަހައްދުގައި މަތީ ފަންތީގެ 3 ބާވަތެއްގެ ގެދޮރު ތަރައްގީ ކުރެވޭނެއެވެ.

ހުޅުމާލެ ފޭސް2 ގައި 73 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއު އިފްތިތާހު ކުރުމުގެ ތެރެއިން

އޭގެ ތެރޭގައި ބީޗް ވިލާގެ ގޮތުގައި 37 ޔުނިޓް ގާޑަން ވިލާގެ ގޮތުގައި 14 ޔުނިޓް އަދި އާބަން ވިލާގެ ގޮތުގައި 22 ޔުނިޓް ތަރައްގީ ކުރާނެއެވެ.

ހުޅުމާލެ ފޭސް2 ގައި 73 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއު އިފްތިތާހު ކުރުމުގެ ތެރެއިން

މަތީފަންތީގެ ހިދުމަތްތަކާއެކު ގެދޮރު ތަރައްޤީކުރުމުގެ މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 3 އަހަރުގެ މުއްދަތެއްގެ ތެރޭގައެވެ.