ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އެ ބިލްގައި ދައުލަތުގެ ފިސްކަލް ނިޒާމު ދެމެހެއްޓެނިވި، ދެފުށް ފެންނަ އަދި ޒިންމާދާރު ގޮތެއްގައި ހިންގުމާއި ގުޅޭ ހަމަތަކާއި އަމާޒުތަކާއި އުސޫލުތައް ބަޔާން ކޮށްފައިވާނެ ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ.
އޭގެ އިތުރުން ދައުލަތުގެ ފިސްކަލް ޕޮލިސީ ހިންގަނީ ”އިންޓާޖެނެރޭޝަނަލް އިކުއިޓީ“ ނުވަތަ ކުރިއަށް އޮތް ޖީލުތަކަށް އިންސާފުވެރި ގޮތަކަށް ގާއިމް ކުރެވޭނެ ހަމައަކުން ދެމެހެއްޓެނިވި ގޮތެއްގައިކަން ކަށަވަރު ކުރުމާ ގުޅޭ އުސޫލުތަކާއި ދައުލަތުގެ މެދު ރާސްތާ ފިސްކަލް ސްޓްރެޓެޖީ އެކުލަވާލައި ތަންފީޒު ކުރުމާ ގުޅޭ އުސޫލުތައް ވެސް އެ ބިލްގައި ބަޔާންކުރެވިފައިވެއެވެ.
މީގެ އިތުރުން، ދައުލަތުގެ ފިސްކަލް ކަންކަމާ ގުޅޭ ގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ބެހޭ އުސޫލުތައް ވެސް ބިލުގައި ބަޔާންވެގެންވެއެވެ.