ޕެންޑްރައިވްއެއްގެ ވާހަކަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްކެވުމުން އެކަން ގަބޫލު ކުރާނެ ރައްޔިތަކު ނުހުންނާނެކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނެޝަނަލް ފްރަންޓްގެ ޖަލްސާއެއްގައި، ރައީސް ޔާމީން ވަނީ، އެންވަޔަރަމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ފަތިމަތު ޝަމްނާޒް އަލީ ސަލީމް ހައްޔަރު ކުރީ ހަމަ ހަގީގަތުގައި ވެސް ސިހުރުގެ މައްސަލައެއްގަތޯ ނުވަތަ އެހެން އިތުރު މަގްސަދެއް ހާސިލުކުރުމަށްތޯ ސުވާލު ކުރައްވައިފައެވެ.
ރައީސް ޔާމީންގެ މި ވާހަކަފުޅާ ގުޅިގެން ޝުޖާއު ވިދާޅުވީ ޕެންޑްރައިވްއެއްގެ ވާހަކަ ރައީސް ޔާމީން ދެއްކެވުމުން އެ ވާހަކަ ރައްޔިތުން ގަބޫލެއް ނުކުރާނެކަމަށެވެ.
އަދި 2015 ވަނަ އަހަރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި ހާލަތަށް އަލިއަޅުވާލެއްވިއެވެ.
ޕެންޑްރައިވްގެ ވާހަކަ ރައީސް ޔާމީން ދެއްކެވީމާ އެއްވެސް ރައްޔިތަކު ޤަބޫލެއް ނުކުރައްވާނެ. 2015 ވަނަ އަހަރު މުޅި މާލެ އެކޮޅޮކޮޅުން ޖަހާ ހޯދާބެލީ އަދީބު ފެނޭތޯތަ؟“
ޝުޖާއު ވަނީ، ޝަމްނާޒާއި އޭނާގެ ކުރީގެ ފިރިމީހާ، ރައީީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒް އަކީ 2 މުނާފިގުންކަމަށް ވިދާޅުވި މީހަކު މިއަދު އެދެމީހުންނަށް އެހާ އޯގާތެެރިވަނީ ހަމަ ލޯބިންތޯ އައްސަވާފައެވެ.
