ިމިސްކިތެއްގައި އޮތް ކީރިތި ޤުރުއާނުގެ މުސްހަފެއް ވީދައިލި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކުރީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ މަންނާނެވެ.

ކްރިމިނަލް ކޯޓުން މިއަދު ވަނީ އޭނާ 15 ދުވަހަށް ބަންދުކުރަން އަމުރު ކޮށްފަ އވެ.

ފުލުހުން ހުށަހަޅާފައިވާ ހާދިސާ ރިޕޯޓުން އޭނާ މިސްކިތުގައި އޮތް މުސްހަފެއް ދަތްއަޅައި ވީދާލައިފައިވާ ކަމަށް ބެލެވޭ ކަމަށް ކޯޓު އަމުރުގައިވެއެވެ.

އޭނާ ބަންދު ކުރަން އަމުރު ކުރީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ލިބިފައިވާތީ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

އޭނާއަކީ ބިދޭސީއަށްވުމުން ފިލައިގެން ހިނގައިދާނެތީ އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ވެސް އަމުރުގައިވެއެވެ.

މީގެ ކުރިން ޤުރުއާނުގެ މުސްހަފަކަށް ކުޅު ޖަހައިގެން ދިވެހި ފިރިހެނަކު ވެސް ހައްޔަރުކުރިއެވެ. އޭނާގެ މައްޗަށް ޖަލު ހުކުމެއް ވެސް އިއްވިއެވެ.