ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު މަދު ކުރުމަކީ ދައުލަތުގެ ހަރަދު ކުޑަކުރަން މުހިންމު ކަމެއް ކަމަށާއި މަޖިލީހުގެ މެމްބަރުންގެ ދެން އަންނަ ދައުރަކަށް 77 އަށް މަދު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިރޭ ބޭއްވި ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސައިޒު ހަމަޔަކަށް އަޅުވަން ޖެހޭ ކަމަށެވެ.

މިހާރު މެމްބަރުންގެ އަދަދު އިތުރުވަމުންދާ ގޮތަށް އިތުރުވަމުން ދާނަމަ، މެމްބަރުންގެ އަދަދު 100 އަށް ވުރެ ވެސް މައްޗަށް  އަރައިގެން ގޮސްދާނެ ކަމަށާއި މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރުމަށް ޕީއެންސީގެ މެންބަރުން އަމިއްލަ އިސްނެންގެވުމަށް ގަރާރެއް ހުށަހަޅައި ހިޔާލު ހޯއްދަވާފައިވާ ކަމަކީ އެމަނިކުފާނު ވަރަށް އުފަލާއެކު ފާހަގަ ކުރައްވާ ކަމެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ މެންބަރުގެ އަދަދު ކުޑަ ކުރާއިރު މާ ކުޑަކުރުމަކީ ވެސް ރަނގަޅު ގޮތެއް ނޫން ކަމަށާއި، އެންމެ ރަނގަޅު ގޮތަކަށް ވާނީ 17 ވަނަ މަޖިލީހުގައި ތިބި އަދަދު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.