މާލޭގެ މިސްކިތަކުން ފެން ކޭސްތަކެއް ވަގަށް ނަގާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނެފައިވަނީ ވިޔަފާރިވެރިންގެ މިސްކިތުން ފެން ކޭސްތަކެއް ވަގަށް ނަގާފައިވާ މައްސަލަ އިއްޔެގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާކަމަށެވެ.

މި މައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށާއި، މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ވަނީ ބުނެފައެވެ.

ވިޔަފާރިވެރިންގެ މިސްކިތުން ފެން ކޭސްތަކެއް ވަގަށް ނަގާފައިވާއިރު މާލޭގެ މިސްކިތްތަކުން ވައްކަންކުރުން މިފަހުން ވަނީ އާއްމުވެފައެވެ.