ރާއްޖޭގައި ޓިކްޓޮކްގެ ބައެއްގެ ދެމެދުގައި ހިނގާދިޔަ ޒުވާބެއް ހޫނުވެ ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ދެ މީހަކު ހައްޔަރުކުރަން ޖެހުނީ ޓިކްޓޮކްގެ ތެރެއިން އުފެދުނު ދެބަސްވުން ހޫނުވެ މާފަންނުގެ ގެއަކަށް ވަދެ ހަމަނުޖެހުން ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ކަމަށެވެ.
ނަމަވެސް އެ ދެ މީހުންވެސް ފަހުން ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެއެވެ.

