މާލޭގައި މިރޭ 3 މިނެޓަށް ހަވާ އަރުވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނީ ހަވާއެރުވުމަށް ހަމަޖެހިފައި ވަނީ ޕްރައިވެޓް ހަފުލާއެއްގައި މިރޭ 10:15 ހާއިރު، ލޮނުޒިޔާރަތް ޕާކާ ދިމާލު ބޭރުން ކަމަށެވެ.
ވިޔަފާރި އުސޫލުން އަމިއްލަ ފަރާތަކަށް ހަވާ އެރުވުމުގެ އިވެންޓެއް ކުރިއަށް ގެންދަނީ ސިފައިންގެ ކޯޕަރޭޓިވް ”ސިފްކޯ“ އިންނެވެ.
އައު އަހަރު ފާހަގަ ކުރުމާއި، ކައިވެނި ހަފްލާތަކާ ގުޅިގެން ވެސް މީގެ ކުރިން ވަނީ މާލެގައި ހަވާ އަރުވާފައިވެއެވެ.

