އަންނަ ހުކުރު ދުވަހުން ފެށިގެން ހުތުބާގެ ތަރުޖަމާ ވަގުތުން އިސްލާމީ މަރުކަޒުގެ ޓީވީތަކުން ފެންނާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރު ވިދާޅުވީ, މި އަންނަ ހުކުރު ހުތުބާގެ ތަރުޖަމާ ވަގުތުން އިސްލާމީ މަރުކަޒުގެ ޓީވީތަކުންނާއި, އިސްލާމިކް މިނިސްޓްރީގެ ލައިވް އިން ފެންނާނެ ކަމަށެވެ.

ހުކުރު ހުތުބާގެ ތަރުޖަމާ އިނގިރޭސިބަހުން ލައިވްކޮށް ގެނެސްދިނުމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ  ނިންމާފައެވެ.

އެ މިނިސްޓްރީއިން އިޝާރާތުގެ ބަހުން ވެސް ހުތުބާ ގެނެސްދެއެވެ.