ޕީޕަލްސް ނެޝަނަލް ފްރަންޓް(ޕީއެންއެފް) އިން ބޭއްވި ޖަލްސާއެއްގައި، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުނު، ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސިފައަށް ނިސްބަތްކޮށް ހަނގާ ކުރެއްވުމުން އެ ޕާޓީއަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.
ަޕީއެންއެފް އިން އެންމެ ފަހުން ބޭއްވި ޖަލްސާގައި މަލީހު ވަނީ ރައީސް މުއިއްޒު ކައިވެނި ބައްލަވައިގަންނަވަން އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަށް ހުށަހެޅުއްވުމުން، އެކަމަނާގެ މަންމަގެ ހިޔާލު ހޯއްދެވި ހޯއްދެވުމަށް އިޝާރާތް ކުރައްވައި، ރައީސް މުއިއްޒުގެ ސިފައަށް ވަރަށް ބޮޑަށް މަލާމާތް ކުރައްވައިފައެވެ.
އެ މަންޒަރު ފެންނަ ވީޑިއޯ ވައިރަލް ވެފައިވާއިރު، ވީޑިއޯއާ ގުޅިގެން އެތައް ބަޔަކު ބުނަމުން ދަނީ މިއީ މަލީހުއާއި ޕީއެންއެފްގެ އިސް ވެރިންގެ ފަރާތުން ފެނުނު ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމުގައެވެ. އަދި މިއީ ރައްޔިތުންނަށް ނަމޫނާ ދައްކަން ޖެހޭ މީހުންގެ ފަރާތުން ފެންނަ ލަދުވެތި މަންޒަރު ކަމަށާއި، މިފަދަ މީހުންނާއި، ޕާޓީތަކާ ގައުމުގެ ހުންގާނު ހަވާލު ކުރަން ހެޔޮ ނުވާނެ ކަމުގައި ވެސް އާއްމުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
މަލީހު ރައީސް މުއިއްޒުގެ ސިފައަށް މަލާމާތް ކުރެއްވިއިރު، ޖަލްސާގައި ކުރީ ސަފުގައި ރައީސް ޔާމީން އަބްދުލްގައްޔޫމާއި، ޕީއެންއެފް އުފައްދަން އިސްކޮށް އުޅުއްވި، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި އިތުރު ބަޔަކު ވެސް ތިއްބެވިއެވެ. އެބޭފުޅުން މަލީހުގެ ވާހަކަތަކަށް ތަރުހީބު ދެއްވިއެވެ.
”މިވަރުދެން ފުކެއް ބޮޑުވަރު، ކިޔާފަަަަ ނުކިޔާނެއެއްޗެއް ނޭނގިގެން. މި މީހުންގެ ފެންވަރު މިހިރަ ފާޅުވަނީ.“ މަލީހުގެ ފުރައްސާރައިގެ ވީޑިއޯ އަށް މީހަކު ފޭސްބުކްގައި ކުރި ކޮމެންޓެއްގައި ބުންޏެވެ.
އިތުރު މީހަކު ބުނީ މިއީ އަހްލާގީ ގޮތުން ބަލާއިރު ވަރަށް ދަށު ދަރަޖައިޖެ ކަންކަން ކަމުގައެވެ.
”މިފަދަ ނާތަހުޒީބު، ބޭއަދަބީ ކަންކަން މާދަމާ ގައުމުގެ ރިޔާސަތާ ހަވާލުވާން ފައި ނަގާފައި ތިބޭ ބަޔަކު ކުރީމާ ވަރަށް ހުތުރު. ގައުމުގެ ޒުވާނުންނަށް، ޅަ ދަރިންނަށް އެ ދަސްކޮށް ދެނީ ހާދަ ނުބައި ސިފަތަކެއް. ޣީބަ ބުނުން، ފުރައްސާރަކުރުން. ހަޑިހުތުރުބަހުރުވަ..“ ކޮމެންޓުގައިވެއެވެ.
ރައީސް މުއިއްޒު އަކީ ސިޔާސީ ޕޯޑިއަމްތަކުގައި މިފަދަ ގޮތްގޮތަށް ވާހަކަފުޅު ދައްކަވާ ބޭފުޅަކަށް ނުވާއިރު، އެމަނިކުފާނަށް ނިސްބަތްކޮށް، ހަޖޫ ޖެހުމުން ޕީއެންއެފް މިވަނީ ހޫނު ފެނަށް ވެއްޓިފައެވެ. ގައުމުގެ ހާލަތު ރަނގަޅު ކުރަން އުޅޭ ކަމަށް ބުނާ ބަޔަކު އިޖްތިމާއީ ފޭރާން ހަލާކު ކުރާ ޒާތަށް ބަހާއި އަމަލުތައް ބެހެއްޓުމަކީ ދެރަ ކަމެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.
”އަހަރެން ކުރިން ހިއެއް ނުކުރަން މަލީހު އަކީ މިހާ ދަށު ދަރަޖައަށް ވެއްޓޭނެ މީހެކޭ. ކިޔަވައިގެން ތިބި ޖާހިލުން.“ މީހަކު ކުރި ކޮމެންޓެއްގައި ބުންޏެވެ.
ރައީސް މުއިއްޒު އަކީ ހުލްގުހެޔޮ ބޭފުޅެއްގެ ގޮތުގައި، އެމަނިކުފާނުގެ އަރިހުގައި މަސައްކަތް ކުރައްވާ ބޭފުޅުން ސިފަ ކުރައްވައެވެ. އެހެންވެ، އެއްވެސް ވާދަވެރިއަކަށް ޒާތީ ގޮތުން އެމަނިކުފާނު ބަހުގެ ހަމަލާއެއް ދެއްވާފައިވާ އެއްވެސް ވީޑިއޯއެއް ނުވަތަ އޯޑިއޯއެއްވެސް އާއްމުވެފައި ނުވެއެވެ.


މަލީހުމެން އެތިބީ ވެރިކަމާހެދި މޮޔަވެފާ. ކައިވެނިކުރުމުގެކުރިން މައިންބަފައިންގެ ޚިޔާލާއި ރުހުން ހޯދުން އެއީ ކުރަން ނުޖެހޭކަމެއްތޯ؟
ޕީ.އެން.އެފް. ވުޖޫދު ކުރީ ޔާމީނޫގެ ފޮށައި ބާލާން އެކަން އެދަނީ ޙާސިލް ކުރަމުން . މިފަހަރު ބޮޑިބަތް ޖަމީލާ ބޮޑިބަތް މަލީހު ޔާމީނޫގެ ހުރިހާ
ގޮތަކުންވެސް . މަގުމަތިކޮށް ފަޞީޙަތް ކުރާނެ.
ޔާމީނު އެހުރީ ވެރިކަމަށް މޮޔަވެފަ.
ޔަމީން އަށް ވާގޮތަކީ ގެއަށް ވަންނަ އިރަށް މެޑަމް އެބަ އަންގާ ވެރިކަން ނުލާ މިގެއަަސށް ނުވަނުމަަށް ދެން ބަލާއިރު ތާއީދުކުރާނެ ހަރުމީހަކު ނެތް މަލީހް ކަހަލަ އަނެއް އަތުގެ މީހުން ތިބީޖުސް
ބޮލައްބަރު ވެއްޓިފަ ހުރި ގޮލައެއްމީ
: މިސްޓ:މަލީހު ތިޔަބެއި ފުޅާކަހަލަ އަމިއްލަ އެދުމުން ފުރިފައިވާ އަދި ގައުމުގެ ރަޔިތުންގެ ކުރިމަތީގައި މިއަގެއްނެތި މަގުމަތިވެފައިވާ މަދުބަޔަކު އެއްވެ ތަޅާހާ އަގައެއް ދައްކާހާ ވާހަކައެއް ރަޔިތުން ގަބޫލުނުކުރާނެ ވީމާ މަޑު މަޑުން ތިބުން ބުއްދިވެރި.