ވައި ބާރުވެ ކަނޑުތައް ގަދަވުމުން މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ނެރެފައިވާ ޔެލޯ އެލާޓް މިރެއާ ހަމައަށް ދަންމާލައިފިއެވެ.

މެޓް އޮފީހުން ވަނީ އެ އޮފީހުން ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ނެެރެފައިވާ އެލާޓް މިރޭގެ 20:00 އަށް ދަންމާލާފައެވެ.

އެ އޮފީހުން ބުނީ، ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދު ބާރުމިނެއްގައި ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

އެ އިދާރާއިން ވަނީ ހއ އަތޮޅުން ފެށިގެން ވ އަތޮޅަށް ވައިޓް އެލާޓް ވެސް ނެރެފައެވެ.

އެ ސަރަހައްދަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.