ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ސައުދީ އަރަބިއާއަށް ފުރާވަޑައިގެންފިއެވެ.

މިނިސްޓަރުގެ މި ދަތުރުފުޅަކީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ޒަމީރު ރައީސް ޑރ. މުހައްމަދު މުއިއްޒު، ސައުދީގެ ބޮޑުވަޒީރު ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދަށް ފޮނުއްވި ސިޓިފުޅު ދެއްވަވާނެއެވެ.

އަދި ސައުދީ އާއި ރާއްޖޭގެ ގާތް ދެގައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ކުރިއަށް އޮތްތާނގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން އެ ގައުމުގެ ފޮރިން މިނިސްޓަރާ މަޝްވަރާކުރައްވާނެއެވެ.

ރާއްޖެއާއި ސައޫދީއާ ދެމެދު ސިޔާސީ ގުޅުމަށް 43 އަހަރު މި އަހަރު ފުރޭނެއެވެ.