އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އިންޓަނޭޝަނަލް އިސްލާމިކް ފިގުހު އެކަޑަމީގެ މެންބަރަކަށް އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އައްޔަންކުރައްވައިފިއެވެ.
އިސްލާމިކް މިނިސްޓްރީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޯއައިސީ ގެ އިންޓަރނޭޝަނަލް އިސްލާމިކް ފިގުހު އެކަޑަމީގެ މެމްބަރަކަށް މިނިސްޓަރު ޝަހީމް އައްޔަންކުރައްވައިފައިވާ ކަމަށެވެ.
މިނިސްޓަރު އެ މަގާމަށް އައްޔަނު ކޮށްފައިވަނީ މި ހިނގާ އޮގަސްޓު މަހުގެ އަށް ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ އެކަޑަމީގެ ބައްދަލުވުމެއްގައެވެ.
މިނިސްޓަރު ޝަހީމް ވަނީ މީގެ ކުރިން ވެސް އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަން ވެސް ކުރައްވައިފައެވެ.
އަދި އޯއައިސީގެ ވޮއިސް އޮފް ވިސްޑަމް ސެންޓަރުގެ އިންޗާޖުކަންވެސް ކުރައްވާފައިވެއެވެ.
މިނިސްޓަރު ވަނީ މުސްލިމު ވޯލްޑް ލީގުގެ އެންމެ މަތީ މަޖިލީހުގެ މެންބަރަކަށް ވެސް އައްޔަނު ކުރައްވައިފައެވެ.

