އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ސައުދީ އައްޔަންކޮށްފިއެވެ.

މި ވެރިކަމުގި މިއަދާ ހަމައަށް އެ ކުންފުނީގެ ސީއީއޯގެ މަގާމުގައި ހުންނެވީ ޒިޔާދުއެވެ.

ނަމަވެސް މިއަދު ވަނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ޒިޔާދު ބަދަލުކޮށްފައެވެ. އަދި އެމްޓީސީސީގެ ސީއީއޯގެ މަގާމަށް ސައުދީ އައްޔަންކޮށްފައެވެ.

އޭނާ މިއަދާ ހަމައަށް ހުންނެވީ މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ އެންމެ އިސްވެރިޔާގެ ގޮތުގައެވެ.

އޭނާ އެ މަގާމަށް ހަމަޖެއްސެވީ ރައީސް މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރުއެވެ.

ޕީޕީއެމްގެ ކުރީގެ ސަރުކާރުގައި ސައުދީ ވަނީ ކުޑަދުވަސްކޮޅަކު އެކްޓިން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުވެސް ފުރުއްވާފައެވެ.