ވެރިރަށް މާލޭގައި ހުންނަ އީދު މިސްކިތުން ވައްކަން ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ސިޓީ ކައުންސިލުން ރޭ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އީދު މިސްކިތް މަރާމާތަށް ބަންދުކޮށްފައި ވަނިކޮށް ރޭ 6:00 އާއި 10:00 އާ ދެމެދުގެ ވަގުތެއްގައި އެ މިސްކިތުން 13 ބޮތްކާއި 8 ފަންކާގެ ނަރުތައް ވަގަށް ނަގާފައިވާ ކަމަށެވެ.

އީދުމިސްކިތުން މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހާއި ހަމަޔަށް ދިހަ ފަންކާ ވަގުން ގެންގޮސްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ކުރީން ވަނީ ބުނެފައެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އަދި ސީސީޓީވީގެ ފުޓޭޖު ލިބުނުހާ އަވަހަކަށް ސޯޝަލްމީޑިއާގައި އެ ވީޑިއޯ ހިއްސާކުރާނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ.

 

މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހާއި ހަމައަށް މާލޭގެ މިސްކިތްތަކުން ވައްކަންކޮށްގެން 21 މައްސަލަ ފުލުހުންނަށް ހުށަހެޅިއެވެ.