އުމްރާގެ މަރިވެރި އަޅުކަން އަދާ ކުރުމުގެ ފުރުސަތު ބޭނުންހެއްޔެވެ؟ އެ ފުރުސަތު ހޯދަން ވަރަށް ތަނަވަސް ފުރުސަތެއް މިވަނީ ފަހިވެފައެވެ.
ފުޑް ކޯޓުގައި ހުންނަ ”ޓީޖެޓީ“ ރެސްޓޯރެންޓުން ރޯދަ ވީއްލައިގެން، ހިލޭ އުމްރާ ދަތުރެއް ހޯދާލުމުގެ ފުރުސަތު އަނެއްކާ ވެސް މިވަނީ ހުޅުވައިލައިފައެވެ.
ޓީޖެޓީ ރެސްޓޯރެންޓުގެ ރޯދަ މެނޫގައި ތަފާތު ކާއެއްޗެހި ލިބެން ހުރިއިރު، ތަފާތު ދެ މެނޫއެއް ހިމެނެއެވެ. ހާއްސަ ކަމަކީ، ކޮންމެ މެނޫއެއްގެ ވެސް އަގަކީ ހަމަ އެންމެ 150 ރުފިޔާއަށްވުމެވެ.
އުމްރާ ދަތުރު ލިބޭ ޕްރޮމޯޝަނުގައި ބައިވެރިވުމަށްޓަކައި ޓީޖެޓީން ރޯދަ ވީއްލުމުން ލިބޭ ކޫޕަން ފުރުމަށްފަހު އެކަމަށް ހާއްސަކޮށްފައިވާ ފޮއްޓަށް ލާންވީއެވެ.
މި އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ފެށި މި ޕްރޮމޯޝަނުގެ ނަސީބުވެރިޔާއަށް އުމްރާ ދަތުރެއް ދޭން ނިންމާފައިވާއިރު، މިއީ ފާއިތުވި ފަސް އަހަރު ވެސް ޓީޖެޓީން ކަސްޓަމަރުންނަށް ދީފައިވާ އަގުހުރި ރޯދަ ހަދިޔާއެކެވެ.
އެހެންކަމުން، މިއީ ޓީޖެޓީން އެ ތަނުގެ ކަސްޓަމަރަކު އުމްރާއަށް ފޮނުވާ ހަވަނަ އަހަރެވެ.
އެ ތަނުން ބުނީ، އަމާޒަކީ ކޮންމެ އަހަރަކު ވެސް ކަސްޓަމަރަކަށް އުމްރާގެ ސަވާބު ބޮޑު އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދިނުން ކަމުގައެވެ.
މާޗު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ޕްރޮމޯޝަނުގައި ބައިވެރިވެގެން، އުމްރާ ދަތުރު ލިބޭ ނަސީބުވެރިޔާ ހޮވުން އޮންނާނީ ހަ ރޯދައަށް ފަހުގައެވެ.
ޓީޖެޓީން ރޯދަ ވީއްލުމަށް ބުކިން ހެއްދުމަށާއި، އިތުރު މައުލޫމާތު ހޯދުމަށް 7351234 އަށް ގުޅާލާށެވެ.

