އެޗްޑީސީއާއި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތައް ގުޅިގެން، މި ރޯދަ މަހު ބާއްވާ އެންމެ ފަހު ”އަވަށްޓެރި ރޯދަ ވީއްލުން“ މިއަދު ބާއްވާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ބުނެފިއެވެ.
މި ރޯދަ ވީއްލުން އޮންނާނީ މި ރޯދަ ވީއްލުން އޮތީ މިއަދު 18:00ގައި ޗަނބޭލީ މަގު (މުހައްމަދު ގާސިމް ޕްރީ ސްކޫލް ކުރިމަތީ)ގައި ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.
އެޗްޑީސީ އަދި އެފްޑީސީ ގުޅިގެން މިއަހަރުގެ ފުރަތަމަ ރޯދަ ވީއްލުން ހުޅުމާލޭ ފޭސް ދޭއްގައި ގައި ތަރައްގީކޮށްފައިވާ އެފްޑީސީ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ބޭއްވިއިރު މި ފަދަ ދެވަނަ ރޯދަ ވީއްލުން ބާއްވާފައިވަނީ ހުޅުމާލޭ ފޭސް އެކެއްގެ ހުރަވީ ސްކޫލް ކުރިމަތީގައެވެ. ތިންވަނަ ރޯދަވީއްލުން ބާއްވާފައިވަނީ ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ޕާކުގައެވެ.
ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ހުޅުމާލޭގެ ރައްޔިތުންނާއި އެޗްޑީސީ އަދި ނެއިބަހުޑް ޕޮލިސް ގުޅިގެން ކުރިއަށްގެންދާ ”އަވައްޓެރި ރޯދަ ވީއްލުން“ ހަރަކާތުގެ މަގުސަދަކީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ދިރުވުން ކަމުގައި އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
އެގޮތުން، އެޗްޑީސީއާއި ރައްޔިތުން ގުޅިގެން ފާއިތުވި ރަމްޟާން މަހުވެސް ވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އަވައްޓެރި ރޯދަ ވީއްލުންތައް ބާއްވާފައެވެ.
އެޗްޑީސީގެ އަމާޒަކީ ކުރިއަށްއޮތްތަނުގައިވެސް ހުޅުމާލޭގެ ރައްޔިތުންނާ ގުޅިގެން މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުން ކަމަށާއި އަދި ހުޅުމާލެއަކީ ގުޅުން ބަދަހި ރައްޔިތުން ދިރިއުޅޭ ހިތްފަސޭހަ ތަނަކަށް ހެދުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

